އިންޑިއާއިން ފިޔާ ބޭރުކުރުން މަނާކުރީ ކީއްވެ؟

India in fiyaa beyrukun manaakuree keevve?

މީސް މީޑިއާގައި މިދުވަސްވަރު އެންމެ ގިނަ އެއްވާހަކައަކަށް ވެފައި މިވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާ އަގު ބޮޑުވި ވާހަކައެވެ. ދާދި ފަހަކާ ޖެހެންދެން 200ރ. އާއި 225ރ. އާ ދެމެދުގެ އަގެއްގައި ލިބެމުން ދިޔަ ފިޔާ ބަސްތާ މިހާރު ރާއްޖެއިން ލިބެން ހުރީ 390ރ. އާއި 400ރ. އާ ދެމެދުގެ އަގެއްގައެވެ. ފިޔާ އަގު ބޮޑުވުމާ ގުޅިގެން ދެން އިވޭ ވާހަކައަކީ އިންޑިއާއިން އެހެން ގައުމުތަކަށް ވިޔަފާރީގެ ގޮތުގައި ފިޔާ ބޭރުކުރުން މަނާކުރި ވާހަކައެވެ.

ވީ ކިހިނެއް؟

އިންޑިއާގެ ސީއެންބީސީ ޓީވީ އިން ހާމަކޮށްފައިވާ ގޮތުން އެގައުމުގެ ޑިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ވަނީ 8 ޑިސެމްބަރު 2023 އިން ފެށިގެން 2024 މާރިޗުގެ ނިޔަލަށް ވިޔަފާރީގެ ގޮތުގައި އިންޑިޔާގެ ހުރިހާ ހިސާބަކުން ފިޔާ ބޭރުކުރުން 7 ޑިސެމްބަރުގައި އެ އިދާރާއިން ނެރުނު ނޮޓިފިކޭޝަނަކުން މަނާކޮށްފައެވެ. މަނާކުރީ ކީއްވެ؟ އާއްމުކޮށް ކާބޯތަކެތި ގައުމުތަކުން އެހެންގައުމުތަކަށް ބޭރުކުރުން އެމްބާގޯއެއްގެ ދަށުން މަނާކުރަނީ އާއްމު ވިޔަފާރީގެ މަސްލަހަތަށް ބާޒާރުގައި އެ މުދަލެއް ގަނެވިއްކާ އަދަދާއި އަގަށް ބަދަލުގެނައުމުގެ ބޭނުމުގައެވެ.

މިފަހަރު ވީގޮތަކީ ކޮބާ؟

އިންޑިއަންއެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން މިފަހަރު ފިޔާ ބޭރުކުރުން މަނާކޮށްފައިވަނީ ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީއާއި ފިޔައަކީ އެހެން ގިނަ ތަކެއްޗާއި ގުޅުންހުރި އެއްޗަކަށް ވާތީ ފިޔާގެ އެތެރޭގެ ސަޕްލައި ގިނަކޮށް އަގުތައް ދަށްކުރުމުގެ އިޤްތިޞާދީ ފިޔަވަޅެއްގެ ގޮތުގައެވެ. އެހެން ބައެއް މަސްދަރުތަކުން ބުނެފައިވަނީ މިއީ މެއި 2024 ގައި ފެށދ އިންޑިއާ ބަރުލަމާނުގެ ތިރިގެ، ލޯކް ސަބާ އިންތިޚާބަށް އެޅި ފިޔަވަޅެއް ކަމުގައެވެ.

ރާއްޖެއަށް މިހާ ބޮޑު އަސަރެއް ކުރަނީ ކީއްވެ؟

އިންޑިއާއިން ފިޔާ ބޭރުކުރުން މަނާކުރުމުން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެ އަގު އުފުލިފައި މިވަނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފިޔާ ގެންނަނީ އެގައުމުން ކަމަށް ވާތީއެވެ. އަދި މިއީ ބާޒާރުގެ ދެ ބާރުން، މުދާ ފޯރުކޮށްދޭ ފަރާތްތަކުން ވިޔަފާރީގެ ސްޓޮކު ހިފަހައްޓައިގެން އިންތިހާ ފައިދާ ހޯދުމަށް ކުރިއާލާ ވިސްނާ ވިސްނުމާއި، އަނެއް ބާރު ކަމުގައިވާ ގަންނަފަރާތްތަކުން ކުރީބައިގައި ގިނައިން ގަނެ ރައްކާކުރުމުގެ ވިސްނުން އިސްކުރާތީ ބާޒާރުގައި މުދާ ލިބެން ހުންނަ މިންވަރު މަދުވެގެން އަންނަ ބަދަލެކެވެ.

ދެން ހެދޭނީ ކިހިނެއް؟

ރާއްޖޭގެ ވިޔަފާރިކުރުމުގެ ޤާނޫނުތައް އޮންނަ ގޮތުން ބާޒާރުގެ ދެ ބާރުން ކުރިއަށް ވިސްނާ ވިސްނުމުން ބާޒާރަށް އަންނަ މިފަދަ ލޮޅުންތައް ޙައްލުކުރެވޭކަށް ނޯވެއެވެ. އެހެންކަމުން ދެން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ބާޒާރުގައި ފިޔާ ތިޔާގިކޮށްލުމަށް، ސަރުކާރުގެ ބާރު ހިނގާ ކުންފުންޏެއް މެދުވެރިކޮށް، އިންޑިއާ ނޫން އެެހެން ގައުމުތަކުން ފިޔާ އެތެރެކުރެވިދާނެއެވެ. އަދި ދެ ގައުމުގެ ސަރުކާރުން އެއްބަސްވެ، ރަޙުމަތްތެރި އިންޑިއާއިން ފިޔާ ބޭރުކުރުމަށް 'ޚާއްޞަ ކުޑަދޮރެއް' ހުޅުވައިލެވިދާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1