ފޮޓޯ: https://www.threepointscenter.com
ލިޔުނީ: ޙަލީމަތު ރަޙީމާ
17 ޑިސެންބަރު 2023
0
މިއަދު އަލުގަނޑުމެންގެ ބައެއް ދަރިންގެ ހާލަތަކީ :
- މައިންބަފައިން ހެޔޮނަސޭހަތެއް ދޭ ފަހަރަކު ދަރިން ދެކެނީ އެއީ ހަޅޭއްލަވާ އެއްޗިހި ކިޔުން ކަމުގައެވެ.
- ދަރިން ގޯސްކަމެއް ކުރާ ވަގުތު ތިއުޅެނީ ގޯސްކޮށޭ ބުނެފިނަމަ ދަރިންދެކެނީ އެއީ ބުލީކުރުން ކަމުގައެވެ.
- ދަރިން ކުރާ ގޯސްކަމަކަށް ކިތަންމެ ކުޑައަދައަދަބެއް ދީފިނަމަ ދެކެނީ އެއީ ގެވެށިއަނިޔާއެއް ކަމުގައެވެ.
- ފަސްވަގުތު ބަރާބަރަށް ނަމާދުކުރުމަށާއި އައުރަ ނިވާކުރުމަށް ބާރު އަޅައިފިނަމަ ދަރިންދެކެނީ އެއީ ހަރުކަށި ފިކުރުގެ ކަމެއް ކަމުގައެވެ.
- ތިމާ ބޭނުންއިރަކު ރައްޓެހި ކުދިންނާއެކު ބޭރަށް ނުދެވޭނެކަމަށް ނުވަތަ އަވަހަށް ނިދާފަ ފަތިހު ތެދުވަން ޖެހޭނެކަމަށް ބުނެފިނަމަ ދަރިން ދެކެނީ އެއީ ހަރުކަށި ގޮތްތަކެއް ގެންގުޅޭ މަންމައެއް ނުވަތަ ބައްޕައެއް ކަމުގައެވެ.
- ގޭތެރޭގެ ބައެއް ކަންކަމުގަ މައިން ބަފައިންނަށް އެހީތެރިވެދިނުމަށް ބުނެފިނަމަ ދެކެނީ ދަރިންލައްވާ މަސައްކަތް ކުރުވުން ކަމުގައެވެ.
- އަމިއްލަ ކަންކަން އަމިއްލައަށް ކުރުމަށާއި ކޮޓަރިތެރެ ސާފުކޮށް ތަރުތީބުން އުޅުމަށް ބުނެފިނަމަ ދަރިން ދެކެނީ އެއީ " އޯ ސީ ޑީ" ވުން ކަމުގައެވެ.
- އިސްލާމީ ރިވެތި ސިފަތަކާއެކު އުޅެން ބުނެފިނަމަ ދަރިން ދެކެނީ އެއީ މާ މުސްކުޅި ގޮތްތަކެއް ކަމުގައެވެ. ތަހުޒީބުނުވާ މައިން ބަފައިންނަށް ވީއެވެ.
- މިހުރިހާ ކަމެއް އެކުވެފައިވާ މަންމައަކީ ނުވަތަ ބައްޕަ އަކީ ކަންތައްބޮޑު މަންމައެކެވެ. ނުވަތަ ކަންތައްބޮޑު ބައްޕައެކެވެ.
- ދަރިން ނަމާދު ކުރަންޏާ ކުރޭ ނުކުރަންޏާ ނުކުރޭ، ނިދާނެ އިރަކުން ނިދާފަ ހޭލާނެ އިރަކުން ހޭލާ، ބޭނުން ރައްޓެއްސަކާއެކު ކޮންމެ ތާކަށް ދިޔަސް ހެޔޮ އަދި އަންނާނެ އިރަކުން ގެޔަށް އަޔަސް ހެޔޮ، މިފަދަ ކަންކަމާ އެއްވެސް އެއްޗެއްނުބުނެ އަޅާ ނުލާ މަންމައަކީ ނުވަތަ ބައްޕަ އަކީ ވަރަށް " ކޫލް" މަންމައެކެވެ. ނުވަތަ " ކޫލް" ބައްޕައެއްކަމުގަ ދަރިން ދެކެއެވެ.
- ހުރިހިތާމައެއްގެ ބޮޑު ކަމާއެވެ! މި ވިސްނުމާއި ފިކުރު ބަދަލުކޮށް ހެޔޮވިސްނުމަށް ދަރިން ގެނައުމަކީ މިއަދު މުޅި މުޖުތަމައުގެ ވާޖިބެކެވެ.
- ވިސްނާ ފިކުރު ކޮށްބަލާށެވެ! ދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަކީ މައިންބަފައިންގެ ޒިންމާ އަދާނުކުރުމެވެ. އެއީ " ކޫލް" ވުން ނޫން ކަމުގައެވެ. އެއީ ﷲ ހަވާލުކުރެއްވި އަމާނާތަށް ހިޔާނާތްތެރިވުމެވެ. ދަރިންގެ މައްޗަށް މައިންބަފިންވާ ބޮޑު އިހުމާލެކެވެ.
ލޮބުވެތި ދަރީންނެވެ. ތިޔަ ދަރީންގެ ވިސްނުން ބަދަލު ކުރަންވީ ގޮތަކީ، މައިންބައިން ދަރިންގެ ކަންކަން ބަލައި ބެލެހެއްޓުމަކީ އެއީ މައިންބަފައިންގެ ޒިންމާ އަދާކުރުން ކަމުގައެވެ. އެއީ ކަންތައް ބޮޑުކުރުން ނޫންކަމުގައެވެ. އެއީ ޤިޔާމަތް ދުވަހު މައިންބަފައިންނާ ދަރިންނާ ބެހޭގޮތުން ސުވާލުކުރާ ވަގުތު އެކަމަށް ޖަވާބުދާރީ ވުމަށްޓަކައި މައިންބައިން ފުރިހަމަ ކުރަންޖެހޭ ވާޖިބެއް ފުރިހަމަކުރުން ކަމުގައެވެ. ދަރިންނަށް ދިރިއުޅުން ދަސްކޮށްދިނުން ކަމުގައެވެ. އާޚިރަތުގެ ޙަޔާތް ކާމިޔާބު ކުރުމަށް މަގުދައްކައިދިނުން ކަމުގައެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2

15 ޑިސެންބަރު 2023

25 ނޮވެންބަރު 2023
1