ކޮލަމް -"ހޭލާމު": މަސްޓޭންކުގައި  ގެންގޫޅޭ މަސްތަކަށް ކުރާ ޤަދަރުވެސް އެބައިމީހުންނަށް ނުކުރެއެވެ.

Mastank gai gengulhey masthakah kuraa gadharuves ebaimeehunnah nukure eve.

ލ.ގަމުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ހުކުރުންފައިބައިގެން ޓްރެކްޓަރެއްގައިދަނީ. ފޮޓޯ:ލާމުން

އިންސާނާ އަކީ އެކަކު އަނެކަކަށް ލޯތްބާއި ކުލުނު ބޭނުންވާނެ ބަޔެކެވެ. އެކެއްގެ އިޙްތިރާމް އަނެކާއަށް ބޭނުންވާ މިންވަރު ވަކި ކުޑައެކޭ ނުމެ ނޫންމެއެވެ. އިސްލާމް ދީން މަތިވެރި ދީނެއްކަން ރަމްޒުކޮށްދޭ އެއްކަމަކީ ވެސް އެދީނުގައި އިންސާނާއަށް ދެއްވާފައިވާ މަތިވެރިކަމެވެ. ކުލުނާއި ލޯބި ބޭނުން ނުވާނެ ހަމަ އެކަކުވެސް މި ބިންމަތީގައި ނުވާނެއެވެ. މިކަމުގައި ދޭސީއެއް ބިދޭސީއެއް ތަފާތެއް ނުވާނެއެވެ. ތަފާތު ޖަޒީރާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުން ލައްވާފައިވަނީ ވެސް އެކަކު އަނެކަކަށް ތަޢާރަފުވެ އެކަކު އަނެކަކަށް އެހީތެރިވުމަށެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުއިން މިކަންކަމާއި އިދިކީލަ އެތައް ކަމެއް ފެންނަމުން ދިޔުމެވެ. އަޅުގަނޑުމެންގެ ފަރުވާކުޑަކަމުން ނުވަތަ އަޅުގަނޑުމެންގެ ކަންނެތްކަމުގެ ސަބަބުން ނަމަވެސް މި ދިވެހިރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަމުން މިއަންނަނީ ބިދޭސީންނެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ބަނގުލަދޭޝް މީހުންނެވެ. ތިމާމެންގެ އަތުން މަސައްކަތެއް ނުކޮށް ތިބެމެ، އެ މަސައްކަތްތައް ކުރާ މީހުންނާ ދޭތެރޭ އަޅުގަނޑުމެން ދިވެހީންނަށް ނޭނގިގެން ނަމަވެސް އެނގިގެން ނަމަވެސް ކަންތައްކުރެވޭ ދެރަވަރު ގޮތްގޮތާމެދު ވިސްނައިލަންޖެހެއެވެ. މިހެން ދަންނަވަން ޖެހެނީ، އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތި ބިދޭސީން ގެންގުޅޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭތީއެވެ. އެބައިމީހުންނާ މެދު ނުހަނު ރަނގަޅަށް ކަންތައް ކުރާ މީހުންވެސް މަދުން ނަމަވެސް އެބައުޅެއެވެ.  

އަޅުގަނޑު ލޮލުން ދެކެފައިވާ މަންޒަރެއް ލިޔުމުން ސިފަކޮށްލެވޭތޯ ބަލާލާނަމެވެ. ނިމި ދިޔަ ރޯދަމަހު ކޮންމެ ދުވަހަކުހެން އަޅުގަނޑު ދުއްވާލަން ނިކުންނަމެވެ. އޭގެން ހަމަ ގިނަ ދުވަސް ދުވަހު އަޅުގަނޑަށް ހަމަ އެއް މަންޒަރެއް ފެނެއެވެ. ބިޔަ ބޮޑެތި ދަނޑުތަކުގައި މަސައްކަތްކުރާ ބަނގުލަދޭޝް މީހުން އެބައިމީހުންގެ ސާހިބު މީހާގެ ދަނޑުގައި މަސައްކަތް ކުރަމުންދާ މަންޒަރެވެ. ރޯދަމަހު ރޯދަޔަށް ތިބެ ހެނދުނު ހެނދުނާ ތެދުވެގެން ރަތްދައްކާ އަވީގަ އިރު އޮއްސެންދެން މަސައްކަތް ކުރަމުންދާ ތަނެވެ. ބަންގި ގޮވުމުން ނޫނީ އެބައި މީހުންނަށް މަސައްކަތުން ވީއްލޭކަށް ނޯވެއެވެ. އެބައި މީހުން ދިރިއުޅޭ ގެތަކާ އެބައިމީހުން މަސައްކަތްކުރާ ދަނޑުތަކާ ދެމެދުގައިވާ ދުރުމިން އަމިއްލަފުޅަށް ވަޒަންކޮށްލައްވާށެވެ. އޭގެ ތެރެއިން އެއްބަޔަކު އުޅެނީ ފައިމަގުގައެވެ. އަނެއްބަޔަކު ބައިސްކަލުގަ އުޅޭތަން ފެނެއެވެ. ބަންގި ގޮވުމުން މަސައްކަތް ހުއްޓާފަ ހިނގާފަ ނުވަ ބައިސްކަލުގަ އެބައިމީހުންނަށް ރޯދަވީއްލަން ( ވަގުތުގެ ކުރީގައި ) އެބައިމީހުން ދިރިއުޅޭ ގެތަކަށް ދެވޭނެ ގޮތެއް އޮންނާނެހެއްޔެވެ. މިހާލުގައި މަސްކަތްކުރުމުން ވެސް މަސް ނިމުން އެބައިމީހުންނަށް ދޭންޖެހޭ އުޖޫރަވެސް ބަރާބަރަށް މިދެނީ މަދު މީހެކެވެ. އާދެ ފޫހި ފިލުވަން ޓޭންކުގައި ގެންގުޅޭ މަސްތަކަށް ކުރާ ޤަދަރާއި އިޙްތިރާމުވެސް މާތް ﷲ ހައްދަވައި މާތްކުރަށްވާފައިވާ މުސްލިމު އިންސާނުންނަށް ނުކުރެއެވެ. " ބޮސް އަދިވެސް މުސާރަ ނުދޭ" އެކަމު ރޯދަމަހުވެސް ބުރަކޮށް ރެސްޓް ނުކޮށް މަސައްކަތް ކުރަން ޖެހޭ" މިއީ އަދި އެބައިމީހުންގެ ޝަކުވާއިން މަދު މިންވަރެކެވެ. ޝައްކެއްނެތެވެ. އަޅުގަނޑުމެންނަކީ ބޭރުގައުމެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބަޔަކަށްވެފައި، ލިބެންޖެހޭ މުސާރަ ނުލިބި މަހުގެ ފަނަރަޔަށް އަރައިފިނަމަ ދެން ވާނެ ގޮތާއި ކުރާނެ ޝަކުވާ ހިތްޕުޅަށް ގެންނަވާށެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތައްވެސް ގުނައި ކޮޅުންނުލާހައި ގިނައެވެ.  އެހެނަސް އެމީހުންނަކީ ވެސް މާތްﷲ މާތް ކުރައްވާފައި އިންސާނުންނެވެ. ވީއިރު، އިންސާނީ ކަރާމާތް ނަގަހައްޓާ ބަޔަކަށް އަޅުގަނޑުމެންވެސް ވަމާތޯއެވެ. އިޙްތިރާމްކޮށް އިޙްތިރާމް ލިބިގަންނަމާތޯއެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1