ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ:ރައީސްއޮފީސް
ލިޔުނީ: ޠާހާ އަބޫބަކުރު
29 ނޮވެންބަރު 2023
0
ކަލަންޑަރުން ނޮވެންބަރު މަހުގެ ދިހަވަނަ ދުވަހަށްފަހު ފެށެނީ އެގާރަ ވަނަ ދުވަހެވެ. ނޮވެންބަރު އެގާރަ ދުވަހަކީ ކަލަންޑަރުގައި ފާހަގަކޮށްފައިވާ ސަރުކާރު ބަންދު އެތައް ދުވަހެއްގެ ތެރެއިން ދުވަހެކެވެ. މިފަދަ ބަންދު ދުވަސްތައް މިއަދުގެ ޖީލު ހަނދާންކުރަނީ ޗުއްޓީ ދުވަސްތަކެއްގެ ގޮތުގައެވެ. އެހެންކަމުން އެދުވަސްތައް ޚާއްޞަކުރަނީ އެއީ ރަސްމީ މަސައްކަތްތަކުން ވީއްލިގެން އާއިލީ މެމްބަރުންނާއި އެކުވެރިންނާއެކު މަޖާކުރާ ދުވަސްތަކެއްގެ ގޮތުގައެވެ. އަރާމުކުރާ ދުވަސްތަކެއްގެ ގޮތުގައެވެ. ޤައުމެއްގެ ހިންގުން ހުއްޓާލައި ސިނާޢީ އިޤްތިޞާދީ މަސައްކަތްތައް ހުއްޓާލައިގެން ތިބޭގޮތަށް ދުވަސްތަކެއް ޚާއްޞަކޮށްފައިވުމުގެ މަތިވެރި މަޤުޞަދެއް އޮންނާނެކަން ޔަޤީނެވެ. ކުރިޔަށް އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލައި މަޑުޖެހިލައިގެން ތިބޭ މިފަދަ ދުވަސްތަކުގެ ތެރެއިން ޖުމްހޫރީ ދުވަސް ބުނެދެނީ ކީކޭބާއެވެ؟
ޖުމްހޫރީ މިލަފުޒަކީ ލެޓިން ބަހުން ކިޔާ ރިޕަބްލިކްގެ ޢަރަބި ލަފުޒެވެ. ޖުމްހޫރީ ނިޒާމަކީ ޤައުމެއްގެ ރައްޔިތުން އިންތިޚާބުކުރާ މީހެއް ޤައުމުގެ އިސްވެރިޔަކަށް ހުންނަ ނިޒާމެކެވެ. ރައްޔިތުންގެ ސީދާ ތާއީދާއެކު ނުވަތަ ރައްޔިތުން ހޮވާ މަންދޫބުންގެ ތާއީދާއެކު ޤައުމުގެ ވެރިއަކު އިސްކުރާ ނިޒާމެވެ. މިނިޒާމުގައި ރަސްކަލެއްގެ ބަދަލުގައި މިހުންނަވަނީ ރައީސެކެވެ.
އަމިއްލަ ވެރިކަމެއް އޮތް މިނިވަން ދައުލަތެއްގެ ގޮތުގައި އެތައް ޒަމާނެއް ހޭދަކޮށްފައިވާ އަޅުގަނޑުމެންގެ ލޮބުވެތި ކުޑަކުޑަ ދިވެހިރާއްޖެވަނީ ދެ ޖުމްހޫރިއްޔާއެއް ދެކެފައެވެ. އެއް ޖުމްހޫރިއްޔާއަކީ މީލާދީން 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުން އެއްވަނަ ދުވަހުގައި އުފަންވީ ފުރަތަމަ ޖުމްހޫރިއްޔާއެވެ. އަނެއް ޖުމްހޫރިއްޔާއަކީ މީލާދީން 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ދެވަނަ ޖުމްހޫރިއްޔާއެވެ. ޖުމްހޫރީ ދުވަސްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ މިދެންނެވި ދެވަނަ ޖުމްހޫރިއްޔާ ވުޖޫދުވީ ތާރީޚީ ދުވަހެވެ.
އަޅުގަނޑު ދެކޭގޮތުގައި ޖުމްހޫރީ ދުވަސް އަޅުގަނޑުމެންނަށް ބުނެދޭ ފުރަތަމަ ވާހަކައަކީ މިޤައުމަކީ އަޅުގަނޑުމެންގެ އަމިއްލަ ތަނެއްކަމެވެ. މިޤައުމަށް ނިސްބަތްވާ ކޮންމެ ފަރުދެއްގެ އެއްޗެއްކަމެވެ. ޤައުމުގެ ވެރިކަމަށް މީހަކު އިސްކުރުމުގައި އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެ އޮތް ފަރުދީ ޒިންމާގެ ބޮޑުކަމެވެ. އެޒިންމާ ރަނގަޅަށް އަދާކޮށްފި ނަމަ ނުކުންނަ ނަތީޖާގެ ހެޔޮކަމާއި އެހެން ނުވެއްޖެ ނަމަ ކުރިމަތި ލާންޖެހޭ ދެރަ ގޮތްތަކެވެ. މިވާހަކަތައް އަޅުގަނޑުމެންނަށް އަންގައިދެނީ އެކި އެކި މަޤާމުތަކަށް އިންތިޚާބުކުރެވޭ ވެރީންގެ ޚިދުމަތްތައް ފުންކޮށް ވިސްނައިގެންނެވެ.
ޖުމްހޫރީ ދުވަސް އަޅުގަނޑުމެންނަށް އަންގައިދޭ އަނެއް ވާހަކައަކީ ކޮންމެ ވެރިއެއްގެ ދައުރަކީވެސް އެދައުރެއްގައި ދީނީ، ޤައުމީ ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާނޭކަމެވެ. އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ މުހިންމު ބަހާތައް ބުގިސްކަމާއެކު ދެމިއޮތުމަށްޓަކައި އެތައް މަސައްކަތްޕުޅެއް ކުރައްވާފައިވާނޭކަމެވެ. އެހެނަސް އެ ވެރީންނަކީވެސް އިންސާނުންނަށްވާތީ އެއީ އެންމެ ފުރިހަމަ ބޭފުޅުންނަށް ނޫންކަން ހަނދާނަށް ގެންނަންޖެހެއެވެ. ވެރީން އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާއިރު ބައެއް ކަންކަމީ އޭގެ ނަތީޖާގެ ސަބަބުން ބައެއް މީހުން އުފާކުރާ ކަންކަމަށް ވާފަދައިން އަނެއް ބަޔަކު ގަޔާނުވާ ކަންކަން ވެސް ހުރެދާނެކަން ދަންނާންޖެހެއެވެ. އަޅުގަނޑުމެން އެތަނުން ގަޔާނުވާ ކަންކަން ފަށަފަށައިގެން ދެއްކުމުގެ ބަދަލުގައި ކުރާންވީ ކޮންކަމެއްތޯ ވިސްނާންޖެހެއެވެ. ހުއްޓިލައިގެން ތިބެ، އެކަންކަން އެގޮތަށް ދިމާވީ ކިހިނެތްވެގެންތޯ ފިކުރުކޮށް އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޤައުމީ ފެންވަރުގައްޔާއި ފަރުދީ ފެންވަރުގައި ކުރާންޖެހޭ ކަންކަމާމެދު ފިކުރު ކުރާންޖެހެއެވެ. ފެއްސާއި، ރަތާއި، ހުދުގެ ދިދަ މޫރިތިކަމާއެކު އަބަދަށް ވިހުރުވި ވިހުރުވި ބެހެއްޓޭނީ ކިހިނެތްތޯ ވިސްނާންޖެހެއެވެ.
ޖުމްހޫރީ ޤައުމެއްގެ ގޮތުގައި މިރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު އިސްވެ ދެންނެވުނު ކަންކަމަށް އަޅުގަނޑުމެން ވިސްނާ ފިކުރު ހިންގައި އަދުގެ ޖީލުތަކަށް އެވާހަކަތައް ބުނެދޭން ޖެހެއެވެ. އަންގައިދޭން ޖެހެއެވެ. އެކަންކަމާމެދު ވިސްނާން ދަސްކޮށް ދޭންވެސް ޖެހެއެވެ. ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ޖުމްހޫރީ ދުވަސްކިޔާފައި ދުވަހެއް ކަނޑައަޅައިފައި މިއޮންނަނީ އެކަން ކުރުމަށް ނޫންތޯއެވެ. ކޮންމެއަކަސް އަޅުގަނޑުމެން އެކަން އެގޮތަށް ނުކޮށް ޗުއްޓީ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަކުރަމުންދާނަމަ އަޅުގަނޑުމެންނަށް މުޅީންވެސް އަންނާނީ "ނޮވެމްބަރު އެގާރަ" ދުވަހެވެ. ޖުމްހޫރީ ދުވަހެއް ނޫނެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޑިސެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
25 ނޮވެންބަރު 2023
1