4 ފެބުރުވަރީ 2024
0
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ސްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލުހޯދުމަށްޓަކައި ލ.ފޮނަދޫގައި ފޯރަމެއް ބާއްވައިފިއެވެ. ލ.ގަން އަދި ފޮނަދޫގެ ސަރުކާރުގެ ބައެއް މުވައްސަސާތަކައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުލަބް ޖަމްޢިއްޔާ އަދި އިސްރައްވެހިން ހިމެނޭގޮތަށް ބާއްވާފައިވާ މި ފޯރަމްގައި، މުޖުތަމަޢުގައި ހުރި މައްސަލަތަކާއި އަދި އެމައްސަލަތަށް ހައްލުކުރުމަށްޓަކައި، ފުލުހުން މިހާރުވެސް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ބައިވެރިން ޚިޔާލު ހުށަހަަޅާފައިވެއެވެ. މި ކޮމިއުނިޓީ ފޯރަމްގެ ޕެނަލިސްޓުންގޮތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދާއި ޗީފް އިސްޕެކްޓަރ އޮފް ޕޮލިސް އާއިޝަތު ނިޝާ އަބްދުﷲ މުފީދާއި އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް ޙަފީޡް އިބްރާހީމް ބައިވެރިވެވަޑައިގެންފައިވެއެވެ. ފުލުހުން ޚިދުމަތް ދިނުމުގައި މިހާރު އެކުލަވާލާފައިވާ މަގުޗާޓު، އާ ފަސް އަހަރަކަށް އެކުލަވާލުމަށް މިއަހަރު މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ކޮމިއުނިޓީ ފޯރަމްތައް ބާއްވަމުންނެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ އަޑު އަހައިގެން ފުލުހުންގެ މަސައްކަތް، ވީހާވެސް ބޮޑަށް އާންމުންނާ ގާތުން ދޭން މަސައްކަތް ކުރަމުން އަންނައިރު 2028 ވަނަ އަހަރާ ހަމައަށް މި މަގުޗާޓު އެކުލަވާލައި، މިއަހަރު މެއި މަހު ހިސާބު ރަސްމީކޮށް އާންމުކުރުމަށްވަނީ ރާވާފައެވެ.
1 ފެބުރުވަރީ 2024
0
ލ.ގަމުގައި ރޭގެ ވަގުތެއްގައި ބިދޭސީއެއް ދަންޖެހި މަރުވެފައިހުއްޓާ ފެނިއްޖެއެވެ. މީނާ ފެނިފައިވަނީ ރޭ އެގާރަގަޑި ތިރީސް އެހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ދަންޖެހި މަރުވެފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. މީނާ ފެނުނުއިރުވެސް ހުރީ މަރުވެފައިކަމަށް މަންޒަރުދުއް މީހުން މަޢުލޫމާތުދީފައިވެއެވެ. ދަންޖެހިފައިހުއްޓާ ފެނިފައިވަނީ ދަނޑުވެރިކަންކުރުމަށް މަސައްކަތްކުރާ ސަރަޙައްދެއްގައި ހުރި އެކަމަޑޭޝަނެއްގެ ތެރެއިންނެވެ. މި އެކަމަޑޭޝަނާ ހަވާލުވެހުރި ފަރާތުން ބުނެފައިވަނީ މަރުވެފައިވަނީ އޭނާގެ މުވައްޒަފެއް ނޫންކަމަށާއި އެއީ ކާކުކަން އޭނާއަށް ނޭނގޭކަމަށެވެ. ލާމުންނަށް އެނގިފައިވާ ގޮތުގައި ދަންޖެހިފައިވާ މީހާ ލ.ގަމަށް އައިސްފައިވަނީ ގަމުގައި މަސައްކަތްކުރުމަށްޓަކައި މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. އަދި މީނާއަކީ ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮތްމީހެއްނޫންކަމަށް މަޢުލޫމާތުލިބިފައިވެއެވެެ. މިހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ މީހުން އަމިއްލައަށް މަރުވާ ހާދިސާއާއި އެފަދަ މަރުކަމަށް ބެލެވޭ މައްސަލަތަކުގެ އެއްވެސް ތަފްސީލެއް އެފަރާތުން އާންމުނުކުރާ ކަމަށެވެ. އެހެންކަމުން، މިހާދިސާއާއި ގުޅިގެން ރަސްމީ އެއްވެސް މަޢުލޫމާތެއް އަދި ލިބިފައިނުވެއެވެ. މީނާގެ ހަށިގަނޑު މިހާރު އޮތީ ގަމު މަތިމަރަދޫ އަވަށު ހިނަވާގޭގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
23 ޖަނަވަރީ 2024
0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ރޭގައި ކުޅެވުން ލާމު އަތޮޅު ބުރުގެ 2 މެޗު ގަން އަދި މާބައިދޫ ކާމިޔާބު ކޮށްފިއެވެ. ރެހެންދީ ފުޓްސަލް ދަނޑުގައި ރޭގައި ކުރިއަށް ދިޔަ ލާމު އަތޮޅު ބުރުގެ 3 ވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގަން އަދި މާވަށެވެ. މި ދެ ޓީމު ވާދަ ކުރި މެޗު 0-2 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައި ވަނީ ގަން ފުޓްސަލް ޓީމެވެ. ގަމު ޓީމަށް އެ ޓީމުގެ ލަނޑު ތައް ޖަހައިދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 17، ޒައިދާން އަބްދުالله އަދި ޖާޒީ ނަންބަރު 7، އަޙްމަދް ހަލީމް އެވެ. މާވަށު ޓީމައް މި މެޗުގައި ލަނޑެއް ޖެހިފައި ނުވާ އިރު މި މެޗުގެ މޭން އޮފް ދަ މެޗް ކަން ލިބިފައި ވަނީ ގަމު ޓީމުގެ ޖާޒީ ނަންބަރު 8، ޢަލީ ޝާމިސް އަށެވެ. ގަން އަދި މާވަށް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއާ. ފޮޓޯ: ގޯލްޑަން ފުޓްސަަލް އެސޯސިއެޝަން، ސޯޝަލް މީޑިއާ އަތޮޅު ބުރުގެ 4 ވަނަ މެޗުގައި މާބައިދޫ އަދި ކަލައިދޫ ބައްދަލު ކޮށްފައިވާއިރު މި މެޗު ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށްފައި ވަނީ މާބައިދޫ ޓީމުންނެވެ. މާބައިދޫ އިން މެޗު ކާމިޔާބު ކޮށްފައި ވަނީ 0-4 ގެ ނަތީޖާ އަކުންނެވެ. މާބައިދު ޓީމުގެ ޖާޒީ ނަންބަރު 7، އަޙްމަދު ފިރާޝް އެ ޓީމަށް 2 ލަނޑު ކާމިޔާކޮށްދީފައިވާ އިރު އެ ޓީމުގެ 10 ނަންބަރު ހަސަން ނިމާލް ވަނީ 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރި އަކަށް ހޮވިފައިވަނީ މާބައިދޫ ޓީމުފެ ޖާޒީ ނަންބަރު 07، ހުސެއިން ނިހާން އެވެ. މާބައިދޫ އަދި ކަލައިދޫ ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއާ. ފޮޓޯ: ގޯލްޑަން ފުޓްސަަލް އެސޯސިއެޝަން، ސޯޝަލް މީޑިއާ މުބާރާތުގައި ދެން ލާމު އަތޮޅުގެ ޓީމު ތަށް މެޗެއް ކުޅުމަށް ހަމަ ޖެހިފައި ވަނީ 26 ވަނަ ދުވަހުގައެވެ. އެދުވަހު ގަން އަދި ކަލައިދޫ ފުރަތަމަ މެޗުގައި ވާދަ ކުރާއިރު ދެވަނަ މެޗުގައި ދަނބިދޫ އަދި މާވަށް ބައްދަލު ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.
22 ޖަނަވަރީ 2024
0
1 ފެބުރުވަރީ 2024
0
23 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
21 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
17 ޖަނަވަރީ 2024
0
16 ޖަނަވަރީ 2024
0
16 ޖަނަވަރީ 2024
0
22 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
18 ޖަނަވަރީ 2024
0
15 ޖަނަވަރީ 2024
0
15 ޖަނަވަރީ 2024
0
14 ޑިސެންބަރު 2023
0
8 ޑިސެންބަރު 2023
0
7 ޑިސެންބަރު 2023
0
4 ފެބުރުވަރީ 2024
0
3 ޖަނަވަރީ 2024
0
19 ޑިސެންބަރު 2023
0
9 ޑިސެންބަރު 2023
0
9 ޑިސެންބަރު 2023
0
27 ޑިސެންބަރު 2023
0
23 ޑިސެންބަރު 2023
0
10 ޑިސެންބަރު 2023
0
29 ނޮވެންބަރު 2023
0
15 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޑިސެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
25 ނޮވެންބަރު 2023
1